Tuesday, 28 July 2026

ހުޅުމާލޭ ހިތިގަސްމަގު ބްރިޖުން ވެއްޓުނު މީހަކު ސަލާމަތްކޮށްފި

މިއަދު ފަތިހު ހުޅުމާލޭ ހިތިގަސްމަގު ބްރިޖުން ވެއްޓުނު މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 5:42 ގައެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެފައެވެ.

އަދި ފުލުހުންގެ އަވަސް މަސައްކަތުން އެ މީހާ ނެގުމަށްފަހު، ފަރުވާ ދިނުމަށްޓަކައި 6:13 ގައި  ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ އެ މީހާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *