Tuesday, 28 July 2026

ރައީސުލްޖުމްހޫރިއްޔާއަކީ ރަސްގެފާނެއް ނޫން: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ރަސްގެފާނެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވޭނެ ނިޒާމެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވެފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މައްސަލަ މިހާ ބޮޑަށް ފާހަގަކުރެވިގެން މިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން އަންގާފައިވާ އެންގުމާ ގުޅިގެންނެވެ.

"ރައީސުލްޖުމްހޫރިއްޔާ އަކީ ރަސްގެފާނެއް ނޫން،" މިހެން އަލީ ހުސައިން ވިދާޅުވެފައިވަނީ ސަރުކާރުގެ އިސްފަރާތްތައް މަޖިލީހަށް ހާޒިރުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިންމު ބާރުތަކެއް ލިބިގެންވާ މުއައްސަސާއެއް ކަމަށްވެފައި، މި ބާރުތައް ހަނިކުރެވޭ ގޮތަށް އަޅާ ފިޔަވަޅުތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *