ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މި ކަދުރާ ހަވާލުވުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަދިޔާއާ ގުޅިގެން މިނިސްޓަރު ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފައެވެ. ފާހަގަކޮށްލެވޭ ކަމަކީ ސައުދީ ސަރުކާރުން މި އަހަރު ކުރިން ވެސް ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އަދި މިއަދު ހަދިޔާކުރި 10 ޓަނުގެ ކަދުރަކީ އޭގެ އިތުރުން ދެއްވި ހަދިޔާއެކެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރުމަކީ އާ ކަމެއް ނޫނެވެ. ކޮންމެ ރަމަޟާންމަހަކާ ދިމާކޮށް ވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރަމުން އަންނަ އާދައެކެވެ. މި ހަދިޔާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އިސްލާމީ އުޚުއްވަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.


