Tuesday, 28 July 2026

މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލު ކުރުމަކީ އަބަދުވެސް ހިނގާ ކަމެއް: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލު ކުރުމަކީ އަބަދުވެސް ޕާލިމެންޓަރީ ގުރޫޕުތަކުގައި ހިނގާ ކަމެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މިއަދު ގެނެވުނު ބަދަލުތަކާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި ގޮތުގައި، ޕީޖީ ގުރޫޕާއި ކޮމިޓީތަކުގެ އަދަދާއި މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްޔަތުކަމާއި ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމަށް ބިނާކޮށް، އެކި ކޮމިޓީތަކުގެ މެންބަރުންނަށް ކުރީގެ މަޖިލިސް ދައުރުތަކުގައި ވެސް ބަދަލު ގެނެސްފައިވެއެވެ.

މި ބަދަލުތަކަކީ ކުރިއަށް އޮތް ތާނގައިވެސް ކޮމިޓީތަކަށް އެވަގުތަކަށް ބޭނުންވާ ގޮތަށް އަންނަމުންދާނެ ބަދަލުތަކެއް ކަމަށް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.

ފަލާހުގެ މި ބަޔާން އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި، ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަކިކުރުމާ ގުޅިގެންނެވެ.

ނަމަވެސް، ކޮމިޓީތަކުން ވަކިކުރި މައްސަލައިގައި އަޒާން ވިދާޅުވެފައިވަނީ، އޭނާ ބަދަލު ކުރީ ކުރަމުން ގެންދާ އެކި މަސައްކަތްތަކާ ގުޅުވައިގެން ކަމަށެވެ.

"ހާއްސަކޮށް ކޮރަޕްޝަނާ ގުޅުން ހުރި ބައެއް މައްސަލަތައް ކުރިޔަށް ގެންދާތީ ޕްރެޝަރ ކުރިމަތިވި،" ކަމަށް އަޒާން މީޑިއާތަކަށް ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *