Tuesday, 28 July 2026

4،000 ފުލެޓްގެ ލިސްޓަށް ޝަކުވާ ހުށަޙެޅުމުގެ ފުރުސަތު ހުޅުވާލައިފި

"ގެދޮރުވެރިޔާ" ފުލެޓު ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފުލެޓްގެ ވަގުތީ ލިސްޓަށް މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓު އަލުން މުރާޖަޢާކުރުމަށްފަހު، މި ސަރުކާރުން އާންމުކުރި އައު ލިސްޓުގައި ޝަރުތު ހަމަވަނީ 1،820 ފަރާތެއްކަމަށް ހައުސިންގ މިނިސްޓަރު މުއްތަލިބު ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،939 މީހުންގެ ތެރެއިން 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން އުނިކުރެވިފައިވެއެވެ.

"15 ނޮވެމްބަރު 2023 ގައި އިއުލާން ކުރި ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ދިނުމަށް އަޅުގަނޑުމެން އަދި ކަނޑައެއް ނާޅަން. އެކަން ކުރާނީ ޝަކުވާ ހުށަހަޅަން ދީފައިވާ ފުރުސަތުގައި އަޅުގަނޑުމެންގެ ނިންމުމަށް ޗެލެންޖް ކުރުމަށް ފުރުސަތު ދިނުމަށްފަހު،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަކުވާ ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ވަނީ ދެ ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް "ގެދޮވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ gedhoruveriya@infrastructure.gov.mv އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީ ފޮނުވައިގެން ޝަކުވާ ހުށަހެޅިދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *