Tuesday, 28 July 2026

މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް

ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ކަނޑައަޅާފައިވަނީ 28 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިހާތަނަށް ކުރެވުނު ދިރާސާތަކާއި ފަލަކީ ހިސާބުތަަކަށް ބަލާއިރު، އަދި ރާއްޖޭގެ ހަނދު ސާބިތު ކުރުމަށް އަމަލު ކުރުމަށް ކަނޑައެޅިފައި އޮންނަ އުސޫލަށާއި، އިސްލާމީ ގައުމުތަކުގެ މިރޭގެ ހާލަތަށް ބަލާއިރު، ގިނަ ގައުމުތަކަށް މާދަމާއަކީ ރަަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަަމަށް ކަނޑައަޅާފައިވުމާއި އެކު ރާއްޖެއަށް ވެސް މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަސް ކަމުގައި ކަނޑައެޅުމަށް ނިންމާ ކަަމަށެވެ.

ވަޒީރުގެ ބަޔާނުގައި ވަނީ ރަމަޟާން މަޖުގެ ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި، މި މާތް މައްސަރުގައި މާތް ﷲ ގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލުތައް ހިނަ ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަށް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *