Tuesday, 28 July 2026

މަހުގެ ބާވަތްތަކާއި އާ އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑު ބެންކުން 8.3 މިލިޔަން ޑޮލަރުގެ އެހީ ދީފި

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ އިތުރުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށްޓަކައި ވޯލްޑު ބެންކުން 8.3 މިލިޔަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް 8.3 މިލިއަން ޑޮލަރު ނުވަތަ 128 މިލިއަން ރުފިޔާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހުގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ މިހާރު މިނިސްޓްރީން ހަމަޖައްސާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި އުކާލާ މަހުގެ ބައިތަކުން ފައިދާކުރުވަނިވި ޕްރޮޑްކްޓުތައް ނެރުމަށް ވޯލްޑު ބެންކުގެ އެހީތެރިކަމާއެކީ މިހާރު 8.3 މިލިޔަން ޑޮލަރު ވާނީ ހަމަޖެހިފައި." ޝިޔާމު ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތަށް 128 މިލިޔަން ރުފިޔާގެ އެހީއެއް މި ސަރުކާރުން ހޯދާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޝީޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން 2023 އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު މާ ބޮޑަށް ވެސް ރަނގަޅުވެއްޖެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވައިފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *