Tuesday, 28 July 2026

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ޑީޕޯޓުކޮށްލަނީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

މި ދެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގަައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރިއިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ބާލިދީއެއް ފެނިފައިވުމުންނެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ އަކާހިލް ތަޕްރަވަން، 29، އާއި އަމްދާ ޕަންޑިއަން، 44، ކަމަށެވެ.

މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ވެސް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *