Tuesday, 28 July 2026

ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަބީބު އައްޔަންކޮށް، ބޯޑު އެކުލަވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަކަށް އަހުމަދު އަލީ ހަބީބު އައްޔަންކޮށްފި އެވެ.

މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ތިން ބޭފުޅަކު ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައެވެ. އެއީ:

  • ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
  • ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު
  • ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުން:

  •  ޢަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
  • މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
  • ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ގައެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު ބޭންކްގެ މެނޭޖިން ޑިރެކްޓަރު / ސީއީއޯ ކާލް ސްޓުމްކަ އާއި އިއްޔެ ނަން-އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ސަޖުނީ ވަނީ އިސްތިއުފާދެއްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *