Tuesday, 28 July 2026
Raajje24

ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

ނ. ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އޮތް އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުންގެ ހިދުމަތުން ހާމަކުރިގޮތުގައި ފެނިފައިވަނީ 50 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އެ އަންހެން މީހާ ވަނީ ރަށުގެ ހެލްތު ސެންޓަރަށް ގެންދިއުމުން، މަރުވެެފައިވާކަމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށް ގެންދާކަމަށް ބުނެފައެވެ.

މި ހާދިސާ ގައި މަރުވި މީހާގެ މައުލޫމާތެއް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *