މަގޫދޫ ކައުންސިލުން މަގޫދޫ ސްކޫލް އަޕްގްރޭޑް ކުރުމަށްޓަކައި 1 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ކަނޑައަޅައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހުރިހާ ކްލާސްރޫމްތަކުގައި އެއަރކޮންޑިޝަން ހަރުކުރުމާއި، ކޮމްޕިއުޓަރ ލެބެއް ޤާއިމްކުރުމާއި، ޕާކެއް ތަރައްޤީކުރުމާއި އަދި ސްކޫލުގައި ލައިބްރަރީއެއް ޤާއިމްކުރުން ހިމެނެއެވެ.
މަގޫދޫ ކައުންސިލުން ވިދާޅުވި ގޮތުގައި "ސްކޫލުގެ އެކިއެކި ޙަފްލާތަކުގައި ދެވޭ އިނާމުތަކާއި، ޓްރޮފީތަކާއި، މެޑަލްތަކާއި އަދި އަހަރީ އިނާމުތަކުގެ ޚަރަދު ކައުންސިލުން ހަމަޖައްސައިދޭނެ" އެވެ.
މީގެ އިތުރުން، ސްކޫލަށް ވަގުތީގޮތުން ގެންނަ މުދައްރިސުންގެ ހުރުމާއި، ކެއުމާއި އަދި ދަތުރުފަތުރުގެ ޚަރަދުތައްވެސް ކައުންސިލުން ހަމަޖައްސައިދޭނެއެވެ. މި ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށްޓަކައި ބުދަ ދުވަހު ވަނީ ސްކޫލާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން، ކައުންސިލުން މި މަޝްރޫޢަށް 1,393,000 ރުފިޔާ (އެއް މިލިއަން ތިން ލައްކަ ނުވަދިހަ ތިން ހާސް ރުފިޔާ) އިންވެސްޓްކުރާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މަގޫދޫ ސްކޫލުގެ ތަޢުލީމީ ފެންވަރު މަތިވެ، ދަރިވަރުންނަށް މޮޅު ތަޢުލީމެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.


