Tuesday, 28 July 2026

ސްޕޯޓްސް ކާރު ދުއްވަން އިން މީހާގެ ވަނަވަރު ހާމަކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމު ސިދުގީ، 26އ. އެވެ.

ފުލުހުން ބުނި ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހި ރިޕޯޓު ކުރީ ރޭ ދަންވަރު 2:48 ގަ އެވެ.

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ސަައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުންނަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި މަރުވީ ރޭ ހުޅުމާލޭގައި ބޭއްވި މެރެތަންްއެއްގައި ބައިވެރިވި މާފުށީ ޖަލުގައި ޑިއުޓީ އަދާކުރާ، ލ. އިސްދު އަށް އުފަން ސަމާހު އެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *