Tuesday, 28 July 2026

ފިޗް ރޭޓް ދަށްވީ ފައިސާ ޗާފުކޮށް ހަރަދުތައް ނުކަތާވަރުވީމަ، އެކަމާ މި ސަރުކާރާ ގުޅުމެއް ނެތް: ސައީދު

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓް ދަށްވީ ފައިސާ ޗާފުކޮށް ހަރަދުތައް ނުކަތާވަރުވީމާ ކަމަށާއި އެކަމާ މި ސަރުކާރާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، އަލަށް އެކުލަވާލި ފޮރިން އިންވެސްޓްމެންޓްގެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން، އެ ބިލުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަންނާނެ ހެޔޮ ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިކަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިޗުގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކޮށްފައިވަނީ ދާދި ފަހުންނެވެ. ސައީދު ވިދާޅުވީ ފިޗުގެ ރޭޓިން ދަށްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

"މި ސަރުކާރުގެ ވާހަކައެއް ނޫން ފިޗުން ބުނެފައި އެ ވަނީ، ފިޗުން ބުނަނީ ނުކަތާ ވަރަށް ފައިސާ ޗާޕުކޮށްފައި ހުރި ވާހަކައާއި ނުކަތާ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުކޮށްފައި ހުރި ވާހަކައާއި އެކްސްޕެންޑިޗާ ނެޝަނަލައިޒް ނުކުރާ ވާހަކައާއި އާމްދަނީ އިތުރުކުރުމުގައި މި އޮތް ހުރިހާ ޒަމާނެއްވީއިރުވެސް އިތުރު ގޮތްތަކެއް ހޯދާފައި ނެތް ވާހަކަތައް، މޫޑީޒުންނާއި އައިއެމްއެފުންނާއި ވޯލްޑް ބޭންކުންވެސް ތަކުރާރުކޮށް ބުނަނީ އެ ވާހަކަ،" ސައީދު ވިދާޅުވިއެވެ.

އެކަންތައްތައް ފިޗުގެ އިތުރުން މޫޑީސްއާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުން ތަކުރާރުކޮށް ފާހަގަކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރަށް ނުވަ މަސް ދުވަހުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓް ބިލެއް ވުޖޫދަށް ގެނެސްފައިވާއިރު އެއްވެސް ފޮރިން ޕޭމެންޓެއް ޑިފޯލްޓް ނުވެ 70 މިލިއަން ޑޮލަރުގެ ޑިޕޮސިޓެއް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އެބަހުރި ކަމަށެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *