Wednesday, 28 October 2026
ފޮޓޯ: މިހާރު ނޫސް

ޕީއެސްއެމްގެ އާ އެމްޑީއަކަށް ސައީދު އައްޔަންކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ސައީދު ޕީސީބީން ރޭ އައްޔަނުކުރައްވައިފިއެވެ.

އެ މަގާމަށް ސައީދު އައްޔަން ކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ޒީނާ ހާމައެއް ނުކުރައްވައެވެ.

ސައީދަކީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީކަމާއި ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، އާސަންދަ ކުންފުނީގެ ބޯޑު މެންބަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވެއެވެ.

ސަރުކާރުގެ އެކި މަގާމުތަކުގައި 35 އަހަރަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ސައީދު އަކީ ތައުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މީޑިއާ ދައިރާގައިވެސް މަސައްކަތް ކުރައްވާފައިވާ ސައީދު ވަނީ އިނގިރޭސިވިލާތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *