Tuesday, 28 July 2026

އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް ޑރ. ޝަހީމް ޢައްޔަންކުރައްވައިފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފި އެވެ.

ފިޤުހު އެކަޑަމީގެ މެމްބަރަކަށް ޑރ. ޝަހީމް އައްޔަންކުރައްވާފައި ވަނީ 8 އޮގަސްޓް 2024 ގައި ބޭއްވި އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައެވެ.

ޑރ. ޝަހީމް މީގެ ކުރިންވެސް ވަނީ އޯއައިސީގެ އެކި އެކި މަގާމްތައް ފުރުއްވާފައެވެ. އެގޮތުން، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވާފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *