Tuesday, 28 July 2026

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މުދިމުގެ ވަނަވަރު އާންމުކޮށްފި

ކ. އަތޮޅު ކާށިދޫގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މުދިމުގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކާށިދޫ މިސްކިތު އިމާމް ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅުނު މައްސަލާގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރީ: ކ. ކާށިދޫ، ޝަބްނަމްގެ – ޣާނިމް ސަލީމް (37އ)

މީގެ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ އެރަށު މަގުމަތިންނެވެ. އޭނާ ހައްޔަރު ކުރިއިރު އަތުން މަސްތުވާތަކެތި ފެނިފައިވެސް ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *