Tuesday, 28 July 2026

ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް ޗައިނާއަށް

"އިންޓަ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް 2024″ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޗައިނާއަށް ރޭ ފުރާވަޑައިގެންފިއެވެ.

މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ބޭރު ގައުމަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.

އިންޓަ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސެމިނާ އޮންނާނީ މި މަހުގެ 19 އިން 28 އަށް ޗައިނާގެ ބެއިޖިންގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *