އައިޖީއެމްއެޗް އިން އެދިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކާއި ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް ބަލަން ފެށީ އެ ހޮސްޕިޓަލުން އެކަން ހުށަހެޅުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ނަރުސް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ މަސްތުގެ ހާލަތުގައި ހުރެ މަސައްކަތަށް ނުކުތުމުން ފެންމަތިވި މައްސަލައެކެވެ.
ފުލުހުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.


