Tuesday, 28 July 2026

އޯކޭ ޒާހިރު ނިޔާވެއްޖެ

ކުރީގެ ވިޔަފާރިވެރިޔާ އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ.

ޒާހިރު ނިޔާވީ ރޭ ފަތިހު ސްރީ ލަންކާގަ އެވެ. ޒާހިރަކީ ސްރީ ލަންކާގައި ދިރިއުޅުއްވާ ގެންދަވާ ބޭފުޅެވެ. އޭނަ ނިޔާވީ އާސިރީ ހޮސްޕިޓަލްގަ އެެވެ. ނިޔާވިއިރު ޒާހިރުގެ އަންބަކާއި 9 ދަރިން އެބަ ތިއްބެވެ.

ރާއްޖޭގެ ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ޒާހިރު ވަނީ އެމްޑީޕީ ލ. ފޮނަދޫ ދާއިރާގެ ރައީސްކަންވެސް ކުރައްވާފައެވެ. އެ ދުވަސްވަރު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުމެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި ވާއިރު 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ.

ޒާހިރަށް 1993 ގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *