Tuesday, 28 July 2026

މަޖިލީހުގެ ދައުރު މި މަހުގެ 26ގެ ނިޔަލަށް ދަންމާލަނީ

ރައްޔިތުންގެ މަޖިލިހުގައި ކުރަން ޖެހިފައި ހުރި މުހިއްމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން މަޖިލީހުގެ ދައުރު އިތުރުކުރަން މިއަދު ވޯޓަށް އައްސަވާނެ ކަމަށް މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ދައުރު ނިމޭނީ 15 އޮގަސްޓްވާ ބުރާސްފަތި ދުވަހުގައެވެ. ގަވާއިދުގައިވާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ނިންމަންޖެހޭ މުހިއްމު ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ނިންމުމަށް މަޖިލީހުގެ ދައުރު 26 އޯގަސްޓުވާ ހޯމަދުވަހުގެ ނިޔަލަަށް އިތުރުކުރަން ހުށަހަޅުއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ހުވާ ކުރެއްވީ ފާއިތުވި މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ ޕީއެންސީގެ ކަމަށްވާއިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން އަމިއްލަ ގޮތުންވެސް ބައެއް މެމްބަރުން މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރައްވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *