މާލޭ ސްކޫލަކަށް ބެލެނިވެރިޔަކު ރުޅި ގަދަވެގެން ވަދެ، ދަރިވަރުން ކުރިމަތީގައި ޓީޗަރުންނަށް ބިރު ދެއްކިކަމުގެ ތުހުމަތުގައި އެ ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ސްކޫލުގެ ދަރިވަރެއްގެ ބެލެނެވެރިއެކެވެ. މި މަހުގެ 5 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން 41 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
އޭނަގެ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައި ވަނ އެ ސްކޫލްގެ ކްލަސްރޫމްތަކަށް ވަދެ ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އޭނާ އެކަން ކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް އަމުރުން ސާފު ނުވި ނަމަވެސް ފުލުން ބުނިފައި ވަނީ ބެލެނިވެރިޔާ ކުދިން ކުރިމަތީގައި ޓީޗަރުންނަށް ބިރުދައްކައި ސްކޫލްގެ މުވައްޒަފުންނާ ޒުވާބުކޮށް އެ މީހުންނަށް ވެސް ބިރު ދައްކާފައިވާ ކަމަށެވެ.
ކޯޓް އަމުރުގައިވާ ގޮތުން އެ މީހާ އަކީ ކުރިން ވެސް ބިރުދެއްކުމުގެ މައްސަލަތަކެއްގައި ކުށުގެ ރިކޯޑް އޮތް މީހެކެވެ.


