މާލޭގައި ދިރިއުޅޭ ހދ. ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަޙްމަދު އަނިލް މުޙައްމަދު ކަމަށެވެ.
އާއިލާއަށް އޭނާ ވީ ތަނެއް ނޭނގިގެން ހޯދައިދޭން އެދި ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވީ މިދިޔަ ބުރާސްފަތި ދުވެހެވެ.
ފުލުހުން ވަނީ އަނިލް އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.


