Tuesday, 28 July 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު

ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ރާއްޖޭގައި ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަނީ

ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަންހުރި ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ އެމާޖެންސީ ޚިދުމަތާއި ފަތުރުވެރިކަމުގެ ދާއިރާ ޚިދުމަތް ކުރިއެރުވުމަށް ކުރިއަށްގެންދާނެ ހެލިކަޕްޓަރު ޚިދުމަތަކަށް އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ހެލިކޮޕްޓާ ބޭސްޑް އެއާ އެމްބިއުލާންސް ހިދުމަތުގެ އިތުރުން ފަތުރުވެރިން އުފުލުމަށް މުޅި ރާއްޖެ އަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބު ކުރާ ފަރާތަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ10 އަހަރަށް ލިބޭނެ ކަމަށެވެ.

އަދި އެ މިނިސްޓްރީގެ މަގުސަދަކީ ހެލިކަޕްޓަރު މެދުވެރިކޮށް އެއާ އެމްބިއުލާންސް ޚިދުމަތާއި މީހުން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފަތުރުވެރިން އުފުލުން ކަމަށް އެ އިއުލާނުގައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އިއުލާނުގައި ބުނީ ވާދަވެރި ބިޑެއްގެ ތެރެއިން އޮޕަރޭޓަރަކު ހޮވާއިރު އެންމެ ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ދެވޭނެ ކުންފުންޏެއް ހޮވަން މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އީމެއިލް މެދުވެރުކޮށް ނުވަތަ މިނިސްޓްރީ ހިންގާ އުމަރު ޒާހިރު އޮފިސް އިމާރާތުގެ ތިން ވަނަ ފަންގިފިލާއަށް ހުށަހެޅޭނެ ކަމަށެވެ. އީއޯއައި ހުށަހެޅުމަށް މުހުލަތު ދީފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ 14:00އާ ހަމައަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *