Tuesday, 28 July 2026

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް

މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ހަ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ތިން ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރިޕޯޓް ލިބުނު ކަނޑުމަތީގެ ހާދިސާތަކަށް ބަލާއިރު، ނުވަ ފަތުރުވެރިންނާ އެކު ދަތުރުކުރި ސަފާރީއެއް ދިޔަވެ ތިމަރަފުށި ފަރަށް ވަނީ އަރައިފައެވެ. މި ހާދިސާގައި ހަރަކާތްތެރިވެފައިވަނީ ތިމަރަފުށީ ފުލުހުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާ — މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ އެވެ.

އެ ގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *