Tuesday, 28 July 2026

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި މާލެއިން 4 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ މ. އެތުމާ / މާލެ، ޢަލީ އަޝްރަފް (35)، ޕެރިސް / ގދ. ވާދޫ، ލުހާން ސަޢީދު (41)، ސިލްވަރ ސްޓަރ / ވ. ރަކީދޫ، ނާފިޢު ރަޝީދު (39) އަދި ހ. ފިނިކުރި / މާލެ، އިބްރާހިމް ޝިނާން އަހުމަދު (33) އެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުއެވެ. އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށާއި، ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 2 އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ 2 ފިރިހެން ކުދިންނެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އަދި މި މައްސަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *