Tuesday, 28 July 2026
ފޮޓޯ: ރައީސް އޮފީސް

އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ފުރާވަޑައިގެންފި

އީރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕީޒިޝްކިޔާން ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެ ގައުމަށް ވަޑައިގެންފިއެވެ.

އެ ހަފްލާގައި ބައިވެރިވުމަށް ނައިބު ރައީސް އީރާންއަށް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

އީރާންގެ އެއާޕޯޓުން ނައިބު ރައީސަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ނައިބު ރައީސް ޑރ. އަލައިއްދީން ބޮރޫޖަރްދީ އެވެ.

އީރާންގެ އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ އިސްވެރިއަކު ބައިވެރިވެވަޑައިގަންނަވާއިރު، އެ ގައުމާއެކު ގާއިމްކުރި ސިޔާސީ ގުޅުން މެއި 17، 2016 ގައި ރާއްޖެއިން އިސްވެ ކަނޑާލި އެވެ.

ރާއްޖެ އިން އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރީ ސައުދީން އިރާންއާ ގުޅުން ރަނގަޅުވެ ސައުދީން އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރުމުންނެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 10 މާޗު 2023ގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *