Tuesday, 28 July 2026
ފޮޓޯ: ޖަޒީރާ ހަބަރު

ބުރުޒު މަގުގައި ހުރި ގެއެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މާލޭގެ ބުރުޒު މަގުގައި ހުރި ގެއެއްގައި ރޭ އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ސިފައިން ބުނީ، ރޯވެފައި ވަނީ ބުރުޒުމަގުގައި ހުންނަ މ. އޯކިޑްޕްލާޒާގޭގައި ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެންމެ ފުރަތަމަ ރޯވެފައިވާ މަންޒަރު ފެނުނީ ތިރީ ފަންގިފިލާގައި ކަމަށާއި ފަހުން މަތީ ފަންގިފިލާތަކަށް ވެސް ހުޅުގަނޑު ފެތުރުނެވެ.

އެ އަލިފާންގަނޑު މިއަދު ފަތިހު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޚިދުމަތުން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ކައިރި ގެތަކުން ޖުމްލަ 48 މީހުން އެހެން ތަންތަނަށް ގެންދިޔަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭކަމަށްވެސް އެ އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާއިރު ހުރިހާ އެންމެން ވެސް އަނބުރާ ގެތަކަށް ވައްދާފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަ ކުރިއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *