Tuesday, 28 July 2026

މީހަކު ބަރަހަނާކޮށް، ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާލޭގެ ގެއަކަށް މީހަކު ވައްދާ ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއްގައި ދިވެހިންތަކެއް ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ބިރުދައްކާ ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 26 އަހަރާއި 35 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ހައްޔަރު ކުރި މީހުންގެ އިތުރު ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވެއެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *