Tuesday, 28 July 2026

އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ މެޗުން ދީމާ ބަލިވެއްޖެ

އޮލިމްޕިކްސްގައި ރާއްޖޭގެ ޓޭބަލް ޓެނިސްގެ ތަރި ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑްގެ ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ފަސޭހައިން ބަލިވެއްޖެ އެވެ.

ކަޓާރްޒައިނާ އަކީ ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގް އަށް ބަލާއިރު, 135 ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. ގަދަ 64 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދުމަށް ކުޅުނު މި މެޗު ކަޓާރްޒައިނާ ކާމިޔާބުކުރީ ސީދާ ހަތަރު ސެޓުންނެވެ.

މެޗުގެ ތިން ސެޓް ފަސޭހަ ކަމާއެކު ޕޮލެންޑްގެ އެއްވަނަ ކުޅުންތެރިޔާ ކާމިޔާބު ކޮށްފައިވާއިރު، ތިން ސެޓްގައި ފަސް ޕޮއިންޓަށް ވުރެ މައްޗަށް ދީމާ އަށް ނުދެވުނެވެ. ފުރަތަމަ ދެ ސެޓުން ބަލިވީ 11-5، 11-5 ންނެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ފުރަތަމަ ޕޮއިންޓް ހޯދީ ދީމާ އެވެ. އެކަމަކު، ކައިރިކައިރީގައި ދީމާގެ ފަރާތުން ބޮޑު ދެ ގޯސް ހެދި ކަޓާރްޒައިނާ ވަނީ 4-2 އިން ލީޑު ނަގައިފަ އެވެ. މުޅި މެޗުގައި ވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ ސެޓުގައި ދީމާ ވަނީ ކަޓާރްޒައިނާ އަށް ޕްރެޝަރުކޮށް ބޮޑު ލީޑެއް ނެގިޔަ ނުދީ ކުޅެފަ އެވެ. މި ސެޓު ކަޓާރްޒައިނާ ކާމިޔާބުކުރީ 11-08 އިންނެވެ.

އެ ސެޓްގައި 9-9 ން މެޗު އެއްވަރު ކުރަން ފުރުސަތު ލިބިފައި އޮތްވައި ދީމާގެ ފޮނުވާލި ބޯޅަ ނެޓަށް އަމާޒުވުމުން، ކަޓާޒީނާ އަށް ޕޮއިންޓް ލިބުނެވެ. ދެން ޖެހިގެން އައި ދެ ޕޮއިންޓް ކާމިޔާބުކޮށް 11-8 ކަޓާޒީނާ މެޗު ކާމިޔާބު ކުރި އެވެ.

އުމުރުން 16 އަހަރުގެ ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވެގެން މުބާރާތުގައި ވާދަކުރި ދިވެހި ހަމައެކަނި އެތުލީޓެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *