Tuesday, 28 July 2026
24 ޖުލައި 2024، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވި ހިސާން ހުސައިން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއާއި ސަލާމް ކުރައްވަނީ ---- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހިސާން އައްޔަންކޮށްފި

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ލީގަލް ޑިރެކްޓާ މަގާމުގައި ހުންނެވި ހިސާން ހުސައިން އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަންވެފައި ވަނީ ގައުމީ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ ޝާހިދުއެވެ. ޝާހިދު ވިދާޅުވެފައިވަނީ ހިސާންއަކީ އެމްޑީޕީގެ ރައީސްގެ މަގާމަށް ގާބިލު މީހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަޝިޕުގައި އަންހެނުން މަދުވުމަކީ ވެސް ހިސާންގެ ނަން ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލްގެ އަނބިކަލުން، ހިސާން ވަނީ މީގެ ކުރިން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

ހިސާން އެމްޑީޕީއަށް މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އޭނާ ވަނީ އެމްޑީޕީގެ އެކި މަގާމުތައް އަދާކުރައްވައިފައެވެ. އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި 12 އަހަރު ވަންދެން ހުރުމަށްފަހު ހިސާން އެ މަގާމު އިސްތިއުފާ ދެއްވީ އިއްޔެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *