ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ބައްދަލު ކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.
މީގެއިތުރުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއިމެދުވެސް މަޝްވަރާ ކުރެވުނުކަމަށާއި، އިންޑިއާއިއެކު އޮތީ ވަރަށް ރަނގަޅު ގާތް ގުޅުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
އަދި މިނިސްޓަރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ދަނީ ހާއްސަ ހަރަކާތެއް ޜާވާ ހިންގަމުންނެވެ.


