Tuesday, 28 July 2026

ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއި އިންޑިއާގެ ސަފީރު ބައްދަލުކުރައްވައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނޫ މަހާވާރާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވަނީ މިނިސްޓަރ މާރިޔާ ވަނީ ހުނަރު ބިނާކުރުމާއި، ސްކޮލަރޝިޕްތަކާއި، ދިވެހިންނަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ދެއްވަމުން ގެންދަވާ ހިތްވަރާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ހުނަރު ތަރައްޤީކުރުމާއި، މުސްތަޤްބަލުގައި ގުޅުން ބަދަހިކުރެވޭނެ މުހިންމު ދާއިރާތައް ދެނެގަތުމާއި ބެހޭގޮތުން ދެބޭފުޅުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ވަނީ ސްކޮލަރޝިޕާއި ތަމްރީނާއި އުމްރާނީ ތަރައްޤީއާއި ޤާބިލުކަން އިތުރުކުރުމުގެ އެހެނިހެން ފިޔަވަޅުތައް މެދުވެރިކޮށް ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ ދާއިރާއިން ރާއްޖެއާއި އެކު ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *