މިނިވަން ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ގައުމީ ކެޑޭޓް ކޯއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންކަމުން 26 ޖުލައި 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް އެ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.
އަދި އެވަގުތު އެއްގަމު އުޅަނދު ދުއްވުން މަނާކުރީ މާލޭގެ ޓްރެފިކް ކޮންޓްރޯލު ކުރުމަށް އުނދަގޫވާނެތީކަމަށް ބުނެފައި ވެއެވެ.
މީގެ ކުރިންވެސް ހާއްސަ ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވެ އެވެ.


