Wednesday, 28 October 2026

އެމްއެމްއޭ ގަވަރުނަރުކަމަށް މުނައްވަރު އައްޔަނުކުރަން މަޖިލީހަށް ފޮނުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކިކޮށް، ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަނުކުރަން މަޖިލީހަށް ފޮނުވައިފި އެވެ.

ހާޝިމް މަގާމުން ވަކިކުރައްވާފައިވަނީ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މުނައްވަރު މިހާރު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާއިރު މުނައްވަރު ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *