އެއްވެސް ޓާމް ޗުއްޓީއެއްގައި އެއްވެސް މަސައްކަތަކަށް ޓީޗަރުން ސްކޫލްތަކަށްް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ޝިފާޒް މުހައްމަދު ސޮއިކުރައްވައި، ސްކޫލްތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ ފުރަތަމަ ޓާމް އާއި ދެވަނަ ޓާމް ބަންދު އަދި މިޑް ޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
ޓާމު ޗުއްޓީ ތެރޭގައި ޓީޗަރުން ސްކޫލަށް ނެރުން މަނާކުރި އިރު، ދިރާސީ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ޓާމް ޗުއްޓީތަކުގައި މުދައްރިސުން އެކި ކަހަލަ މަސައްކަތްތަކަށް ސްކޫލަށް ހާޒިރުވެއެވެ.


