Tuesday, 28 July 2026

އައިސީޔޫގައި ފަރުވާދިން ޕޮލިސް ކޮލެޖުގެ ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފި

އައްޑޫސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެގެން، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެމުންދިޔަ ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ހިއްސާކޮށްފައިވާ މެސެޖުގައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ، ޕޮލިސް ކޮލެޖުގެ ހުރިހާ ދަރިވަރުން ވެސް މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ކާނާ ވިހަވެ، ހާލު ދެރަވެގެން 32 ދަރިވަަރަކު އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ. ކާނާ ވިހަވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުުހުން އަންނަނީ ހޮސްޕިޓަލާ ގުޅިގެން ކުރަމުން ކަމަށް މީގެކުރިން ފުލުހުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ ދަރިވަރުން ހޮސްޕިޓަލަށް ގެންދެވުނީ އެލާޖީއެއްގެ ސަބަބުން ކަމަށާއި ބޮޑަށް ބެލެވެނީ ކެވުނު އެއްޗެއްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *