Tuesday, 28 July 2026
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ލަފާދޭން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައިސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ވޯޓަށް އަހާފައެވެ.

މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން ނެގުނު ވޯޓުގައި ހާޝިމް މަގާމުން ވަކިކުރުމަށް ފާސްވީ 63 މެމްބަރުންގެ ވޯޓާ އެކު އެވެ. ހާޝިމް ވަކިކުރުމާ ދެކޮޅަށް 9 މެމްބަރުން ވޯޓު ދެއްވި އެވެ.

ގަވަނަރު ވަކިކުރަން ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ހާޝިމް މަޤާމުން ވަކި ކުރަން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވަމުން އެ ކޮމިޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ހާޝިމް މަގާމުން ވަކިކުރުމަށް ނިންމީ، އޭނާ މަޖިލީހަށް ފޮނުއްވި ރިޕޯޓަށް ވެސް ރިއާޔަތްކުރުމަށްފަހު، މަގާމު އަދާކުރުމުގެ ގާބިލުކަން ނެތް ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *