ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު އެ މަގާމުން ވަކިކޮށް، ކަސްޓަމްސްގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތު އަދި ގައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ޝާމިލްވުން އިތުރުކުރުމަށް ދެއްވާ އިސްކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.
"މިއީ ކަސްޓަމްސްގެ ވެރިއަކަށް އަންހެނަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރު މިއީ ރައީސް މުއިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތު އަދި ގައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ޝާމިލްވުން އިތުރުކުރުމަށް ދެއްވާ އިސްކަން ހާމަވެގެންދިޔަ ކަމެއް" ހީނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ހީނާ އިތުރަށް ވިދާޅުވީ އެ މަޤާމުގައި މީގެ ކުރިން ހުންނެވި މާނިއު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ.


