Tuesday, 28 July 2026

މާލެ ކައުންސިލުން ހުސްވި 3 ގޮނޑި ޕީއެންސީއަށް

މާލެ ކައުންސިލްގެ ތިން ގޮނޑި ޕީއެންސީނން ކާމިޔާބު ކޮށްފި

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންތައް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 4 އަށް ބޭއްވި ބައި އިލެކްޝަންގައިި އިންތިހާބުކޮށްފައިވަނީ މާލޭގެ ތިން ދާއިރާއެއްގެ މެމްބަރުން ނެވެ. އެ ދާއިރާތަކަށް ވާދަކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އެވެ. އެ ގޮނޑިތައް ހުސްވީ އެ ދާއިރާތަކުގެ ކައުންސިލަރު ކަމުގައި ތިއްބެވި ބޭފުޅުން، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކުރި ކެނޑިޑޭޓުން:

ހެންވޭރު ހުޅަނގު ދާއިރާ: ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
މައްޗަންގޮޅި މެދު ދާއިރާ: ފާތިމަތު އިޝާން އަލީ (ޕީއެންސީ)
ހުޅުމާލެ ދާއިރާ: އަލީ އައިމަން (ޕީއެންސީ)

ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *