Tuesday, 28 July 2026
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އެ މަނިކުފާނުގެ މަންމާފުޅު -- ފޮޓޯ: ސަން

ކުރީގެ ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ

ކ. މާލެ: ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަަހާރަވެއްޖެ އެވެ.

އެ މަނިކުފާނުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ. މުއުމިނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު އެވެ.

ފާއިތު ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ކުރީގެ ރައީސް ސޯލިހުގެ މަންމާފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ޞާލިހުގެ ޕާސަނަލް ސެކްރެޓަރީކަން ކުރެއްވި ފާތިމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅެއްް ހިމެނެއެވެ.

އެ އާއިލާ ނިސްބަތް ވަނީ ޅ. ހިންނަވަރަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *