މާލޭގެ އަމީނީ މަގުގައި ހިންގާ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައި އެ ތަނަށް ގެއްލުން ދީފި އެވެ.
މީޑިއާއަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ރޭ ދަންވަރު 3:06 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.
މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުވެސް ވަނީ އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ 'ސޮރީ ބޯއިސް' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެތަނުން ވައްކަންކޮށްފައެވެ.


