Tuesday, 28 July 2026
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ފެނަކައިގެ ދަރަނީގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފިން – މުއާޒް

މާލެ: ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށެވެ. އަދި މި ހާލަަތުން އަރައިގަތުމަށް ކަމަށާއި، ކުރަމުން ދަނީ ހައްލު ކުރުމުގެ މަސައްކަތް ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އިން އާންމުކޮށް މަސައްކަތް ކުރާ ފަރާތްތަކާއި ކުންފުނިތަކަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް ކަމަށާއި ނަމަވެސް، މި ހަތް މަސް ތެރޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ފައިސާ ދައްކައި ޚަލާސްކުރީ، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް ފައިސާ ދެމުން ކަމަށް މުއާޒު ވިދާޅުވި އެވެ.

"މި 300 މިލިއަން ރުފިޔާ ހަލާސް ކުރީ އަޅުގަނޑުމެން މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް ފައިސާ ދެމުން، މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކަށް، މިހާރު ގަންނަމުންދާ ހުރިހާ މުދަލަކަށް ފައިސާ ދައްކަމުން، އަޅުގަނޑުމެންނަށް ދޫކޮށްފައި ދިޔަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 300 މިިލިއަން ރުފިޔާ ހަލާސްކުރީ،".

މުއާޒު ވިދާޅުވީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ކުރީ ސަރުކާރުގައި ފެނަކަ މެދުވެރިކޮށް 48 އޭޓީއެމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ ހުރިހާ ޕްރޮޖެކްޓެއް ހަވާލުކޮށްފައި ވަނީ ނުއަގުގައި ކަމަށެވެ.

މުއާޒް ވަނީ ފެނަކައިގައި ދަރަނި އޮތް މިންވަރު 4.2 ބިލިއަނަށްވުރެ މައްޗަށް ދާނެ ކަން ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *