Tuesday, 28 July 2026

އަހަރެމެންގެ ދަރިން ހިމާޔަތްކުރުން: ގުޑް ޓަޗް އަދި ބޭޑް ޓަޗް ދެނެގަތުން

ދަރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އާއިލާތަކާއި މުޖުތަމައުތަކުން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މީގެ މައިގަނޑު އެއް ކަމަކީ ގުޑް ޓަޗް އަދި ބޭޑް ޓަޗް ނުވަތަ ރަނގަޅު ބީހުމާއި ގޯސް ބީހުމުގެ ތަފާތު ކުދިންނަށް ދަސްކޮށްދިނުމެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހާދިސާތަކަކީ މުޅި ދުނިޔޭގައި ވެސް ކަންބޮޑުވާ ކަމެއް ކަމުން، މި ކޮންސެޕްޓްތައް ދެނެގަތުމަކީ އެކަމުން ރައްކާތެރިވެ، އަވަސް ފިޔަވަޅަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމެކެވެ.

ގުޑް އަދި ބޭޑް ޓަޗް އަކީ ކޮބާ؟

ގުޑް ޓަޗްސް އަކީ ކުޑަކުއްޖަކަށް ރައްކާތެރިކަމާއި ލޯތްބާއި ހިތްހަމަޖެހުން ލިބޭ އެއްޗެކެވެ. އޭގެ ތެރޭގައި މައިންބަފައިންގެ ހިނިތުންވުން، މުދައްރިސުން ބުރަކަށީގައި ފިރުމާލުން، ނުވަތަ ރައްޓެހިންގެ ހައި ފައިވް ފަދަ ކަންކަން ހިމެނެ އެވެ. އެއާ ޚިލާފަށް ބޭޑް ޓަޗްއަކީ ކުޑަކުއްޖަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ނުވަތަ އޮޅުންބޮޅުން އިހުސާސްކޮށްދޭ އެއްޗެކެވެ. އެއީ ހުއްދަނެތި މީހަކު އެ ކުއްޖެއްގެ ޕްރައިވެޓް ޕާޓްސްގައި އަތްލުން ނުވަތަ ސިއްރު އަދި ގަދަކަމުން އިހުސާސްކުރެވޭ ފަދަ އެއްވެސް ބީހުމެކެވެ.

އަނިޔާގެ ނިޝާންތައް ދެނެގަތުން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ކޮންމެ ފަސް އަންހެނަކުން އެކަކާއި ތޭރަ ފިރިހެނުންގެ ތެރެއިން އެކަކަކީ ޅަ އުމުރުގައިގޯނާގެ ޝިކާރައަކަށްވެ ރިޕޯޓް ކޮށްފައިވާ މީހުންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ނިޝާންތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ޖިސްމާނީ ގޮތުން ފެންނަން ހުންނަ ނިޝާންތަކުގެ ތެރޭގައި ހަށިގަނޑުގެ ޕްރައިވެޓް ޕާޓްސްގައި ގޮތްނޭނގޭ އަނިޔާތައް ނުވަތަ ތަދު ހުރުން ހިމެނެއެވެ. މީގެއިތުރުން އުޅުމަށް އަންނަ ބަދަލުތައް ކަމަށްވާ ރުޅިގަދަވުމާއ، އެންޒައިޓީ ނުވަތަ ޑިޕްރެޝަން ފަދަ ނަފްސާނީ އަލާމާތްތަކަކީ ވެސް ގޯނާގެ އިޝާރާތެކެވެ.

ކުޑަކުދިންނާއި ވާހަކަދެއްކުން

ހަށިގަނޑުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އުމުރާ ގުޅޭ ވާހަކަތައް ކުދިންނާއި ދެއްކުމުގެ މުހިންމުކަން ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ކުޑަކުދިންނަށް އާދައިގެ އެންމެ ޖުމްލައެއް ބޭނުންކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. މިސާލަކަށް "ތިބާގެ ހަށިގަނޑަކީ ތިބާއަށް ނިސްބަތްވާ އެއްޗެއް" އަދި "ގޯސް އިހުސާސްކުރާ ބީހުމަކަށް ނޫނެކޭ ބުނުން އޯކޭ" ފަދަ ލަފުޒުތަކުން މި ކްރިޓިކަލް މެސެޖުތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ދޮށީ އުމުރުގެ ކުދިންނަށް ފަރުދީ މިންގަނޑުތަކާއި ރައްކާތެރިކަމާ ބެހޭ ގޮތުން މިއަށްވުރެ ގިނަ ތަފްސީލުތަކެއް ދޭން ޖެހިދާނެ އެވެ.

ހާމަކުރުންތަކަށް ރައްދު ދިނުން

ކުޑަކުއްޖަކަށް ގޯނާކުރާކަން ހާމަކުރާނަމަ ބޮޑެތި މީހުން ހިމޭނުން ތިބުމާއި، ކުއްޖާ ދައްކާ ވާހަކަތައް ގަބޫލުކޮށް، އަނިޔާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަޕޯޓިވް މާހައުލެއް ގާއިމުކުރުމަކީ ޙުކުމާއި އަދަބަށް ބިރެއް ނެތި ބަސްބުނަން ކުދިންނަށް ހިތްވަރު ދިނުމެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓުކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ޤާއިމްކޮށްފައިވާ ލޯކަލް ހޮޓްލައިން (1412) އިން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭއިރު، ދުނިޔޭގެ ފެންވަރުގައި ޗައިލްޑް ހެލްޕްލައިން އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ވަސީލަތްތައް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާހުއްޓުވުމުގެ ތެރޭގައި ހަށިގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުޑަކުދިން އަހުލުވެރިކުރުވުމާއި، އިތުބާރު ކުރެވޭ ބޮޑެތި މީހުން އެ ކުދިން ރަނގަޅަށް ބެލެހެއްޓުމާއި، ކުޑަކުދިންނަށް ވާހަކަ ދެއްކުމަށް ބާރުއެޅުން ހިމެނެއެވެ. މިމަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތަޢުލީމީ ވަސީލަތްތައްވެސް މިހާރު ލިބެން އެބަހުއްޓެވެ. "ޑާކްނެސް ޓު ލައިޓް" ފަދަ ވެބްސައިޓުތަކާއި ޖިލް ސްޓާރިޝެވްސްކީގެ "މައި ބޮޑީ އެލައިންސް ޓު މީ" ފަދަ ފޮތްތަކުން އަގުހުރި މައުލޫމާތާއި ވަސީލަތްތައް ލިބޭނެއެވެ.

ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅު އަދި ގޯސް ބީހުމުގެ ތަފާތު ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރައްކާތެރި މާހައުލެއް ގާއިމުކޮށް، އަނިޔާހުއްޓުވޭނީ މި ފަދަ ވާހަކަތައް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ކިޔަވައިދީގެންނެވެ. މުޖުތަމައުތަކުން ސަމާލުވެ، މައުލޫމާތު ހިއްސާކޮށް، މިފަދަ އަނިޔާތައް ލިބިފައިވާ ކުދިންގެ ރައްކާތެރިކަމާއި އިތުބާރު ކަށަވަރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިތުރު މައުލޫމާތާއި އެހީތެރިކަން ލޯކަލް ހެލްޕްލައިންތަކަށް (1412) ގުޅައިގެން ނުވަތަ ޗައިލްޑް ހެލްޕްލައިން އިންޓަނޭޝަނަލް އަދި ޑާކްނެސް ޓު ލައިޓް ފަދަ ގްލޯބަލް ސަޕޯޓް އޯގަނައިޒޭޝަންތަކަށް ޒިޔާރަތްކޮށްގެން ވެސް ހޯދިދާނެ އެވެ.

 ރެފަރެންސް

– ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ): "ޗައިލްޑް މަލްޓްރޭޓްމަންޓް"
– ޑާކްނެސް ޓު ލައިޓް: "ޕްރިވެންޓް ޗައިލްޑް ސެކްޝުއަލް އެބިއުޒް"
– ޗައިލްޑް ހެލްޕްލައިން އިންޓަނޭޝަނަލް: "ހެލްޕް ފޯ ޗިލްޑްރަން"

މި ރިޕޯޓުގެ މަޤްސަދަކީ ދަރިންނަށް ލިބޭ ގެއްލުމަކުން ސަލާމަތްކުރުމަށް ނުރަނގަޅު ޢަމަލުތައް ދެނެގަނެ އެކަމަށް ޙައްލު ހޯދުމުގެ މުހިންމުކަން މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *