Tuesday, 28 July 2026

އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނަން – ފައިސަލް

އިންޑިއާ ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން އެދޭކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިހާރު ހިނގަމުން އަންނަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވަނީ ންޑިއާ އާއި ރާއްޖެއަކީ ކުރިން ފެށީގެން ހާރިޖީ ގުޅުން އޮތް ދެ ގައުމުކަން ފާހަގަކުރައްވާ، މިހާރުގެ ސަރުކާރުން ވެސް ދެގައުމު އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަަށް ވިދާޅުވެފައެވެ.

މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ، ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާން ކަން ކަމަށާއި އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުކަން ލިބޭނެ ކަމަށެވެ.

މީގެއިތުރުން އިންޑިއާއަކީ އާބާދީ ބޮޑު ގައުމަކަށް ވެފައި އެ ގައުމުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ މި ވަގުތު އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. އެ ގައުމުން މިހާތަނަށް އައީ 44،000 ޓޫރިސްޓުންނެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ 5.5 ޕަސެންޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *