Tuesday, 28 July 2026

ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއެޅީ މަތިން އޯޑަރު ކޮށްގެން – ސޯލިހު

ޕީޕަލްސް ނެޝްނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލުގައި ބާއްވަން މަސައްކަތް ކުރި ޖަލްސާއަށް ފުލުހުން ހުރަސްްއަޅާ ބާރުގެ ބޭނުންކޮށް އެ ޖަލްސާގެ މަސްލަަހަތު ނަގާލާފައިވަނީ މަތިން އޯޑަރު ދީގެން ކަމަށް ކުރީގެ ރައީސް އިބުރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެެ ޖަލްސާއަށް ރެޑީވެ ޖަލްސާ ކުރާ މާލަމަށް ޕާޓީގެ އިސްވެރިންނާއި މެމްބަރުން ހާޒިރުވެފައި ވަނިކޮށް، ނަގަން ޖެހޭ ހުއްދަތައް ނަގައިފައިނުވާކަމަށްބުނެ ޖަލްސާ ބޭއްވި މާލަމަށް އެސްއޯ ފުލުހުން ވަނީ ވަދެ ޖަލްސާ ކުރިޔަށްގެންދިޔަނުދީ ހުއްޓުވާފަ އެވެ. ފުލުހުން ބުނެފައިވަނީ ޖަލްސާ ހުއްޓުވުމަށް އައީ އެޑިއުކޭޝަން މިނިސްޓްރީއިން އަންގައިގެން ކަމަށެވެ.

މި ކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ހިންގާ މިފަދަ ހަރަކާތްތަކަށް ސަރުކާރުން ހިރަސް ނާޅާނެ ކަމަށެވެ. އިއްޔެ ވަނީ އެކަން މުއިއްޒު އަންގަވައިގެން ތަހުގީގުވެސް ކޮއްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީގެ ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނަކީވެސް ރާއްޖޭގެ ވެރިކަން ކޮށްފައިވާ މީހެއް ކަަމަށާއި ޔަގީނުންވެސް ފުލުހުންވެސް އަދި ސިފައިންވެސް މަތިން އޯޑަރު އައިސްގެން ނޫނީ އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.

އަދި ޕޮލިހުން ދިޔަކަން ނޭނގޭކަމަށް ބުނެ އޮޅުވާލައިގެން ޑިމޮކްރެސީއަށް އެ އެޅި ހުރަސް އެއީގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީއިން ވަކިވެގެންގޮސް ރަައީސް ނަޝީދު ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރި އިރު ހުރިހާ އެއްބާރުލުމެއވެސް ސަރުކާރުން ދީފައިވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *