Tuesday, 27 October 2026

ރޭ އަލިފާން ރޯވި ގެ ހުންނަ ސަރަހައްދު ފުލުހުން ބަންދުކޮށްފި

ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާ ހުންނަ ސަރަހައްދު އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފިއެވެ.

އަލިފާން ރޯވެފައިވަނީ އެގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ.

ރަބީއުވިލާގެއަށް ލިބިފައިވާ ގެއްލުންތަކުގެ އިނިސްޕެކްޝަން ހާދާ ނިމެންދެން އެގެ ހުންނަ މަގަށް،އެ މަގުގައި ހުންނަ ގޭގޭގައި އުޅޭ މީހުންނަށް ނޫނީ ފައިމަގުގަ ވެސް ނުވަދެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި މި ގެއަކީ ބާވެގެން ވަރަށް ބޮޑަށް ހަލާކުވެ ބޮލައްވެސް ވެއްޓޭ ހިސާބުގަ ހުރި ގެ އެކެވެ. މިގޭގައި މީހުން ވަދެ އެކި ޒާތް ޒާތުގެ ގާނޫނާ ހިލާފު ކަންކަން ކުރާތަން ފެނިގެން އާންމުން ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *