Tuesday, 28 July 2026

ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ނުކުތީ އަޅުގަނޑުގެ އިރުޝާދާ ހިލާފަށް – ރައީސް

އަންގާރަ ދުވަހުގެ ރޭ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލުގައި ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ބާރުގެ ބޭނުންކޮށްގެން އެ ޖަލްސާ ހުއްޓުވާފައި ވަނީ އެމަނުކުފާނައް އެނގިގެން ނޫން ކަމަށާއި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގާ ތަނަކަށް ނުދިއުމަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ މުލިއާގޭގައި ބޭއްވި ރައީސްގެ ދެކަނބަލުންގެ އީދު ސަލާންއަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އަންނަންވީ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖެއަށް ހަމަޖެހުން ގެންނާނެކަމުގެ ވައުދެވެ. ސިޔާސީ ގޮތުން މީހުން ޖަލަށްލައި ސިޔާސީ ހަރަކާތްތަކައްވެސް ފުލުހުން ނުފޮނުވުމަށް ހޯމް މިނިސްޓަރ އިހުސާން އާއި ސީޕީ ސުޖާއަށް ވެސް އަންގާފަ ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރޭގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ޕީއެންއެފްގެ މެމްބަރުންނާއި އަދި ފުލުހުންނަށްވެސް ވަނީ އަނިޔާވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *