Tuesday, 27 October 2026

ފިތުރު ޢީދު މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރަނީ

ހަވާއެރުވުމާއެކު މާލޭގައި ކުލަ ގަދަކޮށް ފިތުރު އީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއިން ގިނަ ހަރަކާތްތަކެއް ރާވައިފިއެވެ.

މި ފަހަރު އީދު ފާހަގަކުރަން ކައުންސިލުން ނިންމާފައިވަނީ "މަގޭ އީދު" ގެ ނަމުގައެވެ. އަދި އީދު ފޯރިގަދަ ކުރުމަށް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި 'ސާދަ އެންޓަޓެއިންމަންޓް' އާ ގުޅިގެންނެވެ.

ޢީދު ނަމާދަށް ފަހު ސިޓީ ކައުންސިލުން އެކުވެނި ޓްރެކްގައި އީދު ސަޔާއެކު ކުޑަކުދިންނަށް ހަދިޔާ ބެހުން އޮންނައިރު، ހެނދުނު 9:30 ގައި ރަސްފަންނު ސަރަހައްދުގައި ކުލަ ޖެހުމުގެ ހަރަކާތެއް ވެސް ބޭއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ. އަދި ބޮޑުމަހާއި މާލި ޕެރޭޑެއް ވެސް ހަވީރު 4:00 ގައި އޮންނާނެއެވެ. މި ހަރަކާތް ފަށާނީ މަޖީދީ މަގުން އޮލިމްޕަސް ކުރިމަތިންނެވެ.

ޗްޑީސީއިން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމެވެ. އެގޮތުން ހުޅުމާލެ ފޭސް އެކެއްގެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ސިންތެޓިކް ޓްރެކްގައި ކުރަން ހަމަޖެހިފައިވާއިރު، ފޭސް ދޭއްގެ ޢީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ ހިޔާ ސަރަހައްދުގެ އުތުރުން އޮންނަ ހުސް ބިމުގައެވެ. ޢީދު ނަމާދުކުރަން ފަށާނީީ 7:00 ގައެވެ.

ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކްގައި "ދިރާގު ޢީދު ބޯކިބާ"ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީއިން ވަނީ ނިންމާފަ އެވެ.

އަދި 9:00 ގައި "އީދު ޖަގަޑާ 1445″ ގެ ނަމުގައި ފޭސް ދޭއްގެ ޗެނަލް ބީޗުގައި ފެންކުޅި މުބާރާތާއި، ވާދެމުމުގެ މުބާރާތެއްގެ އިތުރުން ކުޑަކުދިންގެ ކުޅިވަރު މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

މާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ނިންމިއިރު، ސަރުކާރުން ވަނީ ކުޑަ އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *