ރާބިޠަތުލް އާލަމީން އިސްލާމީ ނުވަތަ އިސްލާމީ ލީގުގެ އެއްމެމަތީ މަޖިލީހުގެ މެމްބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައިފިއެވެ.
ރާބިޠާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަޙުސީޔަތުން ހިމެނިވަޑައިގަންނަވާ މަޖިލީހެކެވެ. މި ޖަމިއްޔާގެ މެމްބަރުކަމަށް ޑރ. ޝަހީމް ޝަހީމް އައްޔަން ކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލް ޢީސާ އެވެ.
ރާބިޠާގެ ހެޑް އޮފިސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.


