އިންޑިއާ ދިދައާއި ވެރިކަން ކުރާ ފާޓީ ބީޖޭޕީއަށް މަލާމަތްކޮށް އެ ޤައުމުގެ ދިދަ އަދި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލޯގޯ މޮޑިފައިކުރި މައްސަލައިގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ހޫނު ފެނަށް ވެއްޓިޖެ އެވެ.
ޝިއުނާ ވަނީ އެމްޑީޕީ މަޖިލިސް އިންތިހާބުގެ ސްލޯގަަން "މިސްރާބު ހަމަ މަގަށް" ބަދަލުކޮށް "މިސްރާބު އަނގަވަތަށް" ލިޔުމަށްފަހު، މަތީގައި އިން ސަމުގާ ރަމްޒުކޮށްދޭ ކުރެހުން އިންޑިއާ ދިދައާއި ވައްތަރުވާނެހެން މޮޑިފައިކޮށް އަދި ބީޖޭޕީގެ ލޯގޯ ވެސް އެ ޕޯސްޓަރުގައި ޖަހާ ބީޖޭޕީއާއި މަލާމާތް ކޮށްފައެވެ.
ޝިއުނާއާއި އިތުރު ނައިބު މިނިސްޓަރެއްވަނީ މީގެ ކުރިންވެސް އިންޑިއާއަށް މަލާމަތްކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރިމައްސަލައެއްގައި މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.
މިމައްސަލައިގައި އިންޑިއާގެ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ވަރަަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ނުރުހުމުގެ ބަސްތަކާއެކު ހިއްސާކުރަމުންނެވެ. މިމައްސަލަ މިހާރުވަނީ ބައިނަލްއަގުވާމީ މީޑިއާގެ ވެސް ސަމާލުކަމަށް އައިސްފައެވެ.
އިންޑިއާއިންވަނީ ރާއްޖެއަށް ދޫކޮށްފައިވާ އާންމު ކާބޯތަކެތީގެ ކޯޓާވެސް އިހަކަށްދުވަހު ވަނީ އިތުރުކޮށްދީފައެވެ.
ނަމަވެސް މި މައްސަލައިގައި އަދި ރައީސް އޮފީހުގެ ބަހެއް ނުލިބެއެވެ.


